ރާއްޖެ، ސްރީލަންކާ އަދި އިންޑިއާއަށް އެތެރެކުރަން އުޅުނު 2500 ކިލޯގެ މަސްތުވާތަކެތި އިންޑިއާއިން އަތުލައިގެންފިއެވެ.
އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ، މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ އެންސީބީއާއި އިންޑިއާގެ ނޭވީ ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި ކަމަށެވެ.
އިންޑިއާގެ "ދަ ހިންދޫ" ނޫހުން ރިޕޯޓް ކޮށްފައިވާގޮތުގައި މި އޮޕަރޭޝަންގައި އަތުލައިގަނެފައިވަނީ 2500 ކިލޯގެ މެތުއެވެ.
މި އޮޕަރޭޝަންގެ ތެރެއިން ޕާކިސްތާނަށް ނިސްބަތްވާ ރައްޔިތަކުވަނީ ހައްޔަރު ކޮށްފައެވެ. އަދި މި މަސްތުވާތަކެއްޗަކީ އިންޑިއާ، ސްރީލަންކާ އަދި ރާއްޖެއަށް އެތެރެކުރުމަށް މަސައްކަތްކުރި މަސްތުވާތަކެތި ކަމަށްވެސް އެންސީބީއާ ހަވާލާދީ ރިޕޯޓް ކޮށްފައިވެއެވެ.