Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ކޮމިއުނިޓީ ފަންޑުން ފެންފުށީގައި ޕާކެއް ހަދައިފި

ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އދ. ފެންފުށި ޕްރީސްކޫލު މަރާމާތުކޮށް ތަރައްގީކޮށްފިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ މި ޕްރޮޖެކްޓް ކުރިޔަށް ގެންގޮސްފައިވަނީ ފެންފުށީގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ ފެންފުށި ޒުވާނުންގެ ދިރުމުގެ ފަރާތުން ކަމަށެވެ. މި ޕާކު މިހާރު ވަނީ ޕްރީސްކޫލު ކުދިންނަށާއި އާންމުންނަށް ހުޅުވާލާފައެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ފެންފުށި ޒުވާނުންގެ ދިރުމުގެ ފަރާތުން ޖަމިއްޔާގެ ރައީސް އަހުމަދު އަބްދުލް މުހުސިން ވިދާޅުވީ ފެންފުށީގައި ކުޑަކުދިންގެ ޕާކެއް ނުހުންނަ ކަމަށާއި، އެހެންކަމުން މި ޕްރޮޖެކްތުގެ ދަށުން އެންމެ ބޮޑު މަގުސަދަކަށްވީ މި ޕާކު ތަރައްގީކޮށް ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.