Last Updated: June 20, 02:15
Saturday, June 20, 2026
ޚަބަރު

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 29 ގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާންމި ޖަލްސާ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

ގައުމީ ބޭންކުން ބުނީ ކުންފުނީގެ 40 ވަނަ އަހަރީ އާންމު ޖަލްސާ ބައްވަން ހަަމަޖެހިގައި ވަނީ އިސްލާމީ މަރުކަޒުގެ ހޯލްގެ އިތުރުން ވާޗުއަލްކޮށް ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް ކަމަށެވެ.

އަހަރީ އާންމު ޖަލްސާގައި 2023-2024 އަށް ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރުމަށް ހުށަހަޅާފައިވާ
ފަރާތްތައް އިންތިހާބު ކުރުން އޮންނާނެ އެވެ.

ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާފައިވާ 7 ބޭފުޅުންނަކީ:

1. ޔޫޝަޢު ސަޢީދ،ު ހ. ސޭންޑީބީޗ،ް ކ. މާލެ (ޗެއަޕާސަންގެ މަގާމަށް)
2. ކާލް ސްޓުމްކަ (ޗީފް އެގްޒެކްޓިވް އޮފިސަ/މެނޭޖިން ޑިރެކްޓަރުގެ މަގާމަށް)
3. ޢާއިޝަތު ނޫރައްދީނ،ް މ. ތާނގީދޮށުގ،ެ ކ. މާލެ
4. ޖުވައިރިޔާ ސަޢީދ،ު މއ. ކޮށީގ،ެ ކ. މާލެ
5. ޢަބްދުالله ޙަސަނ،ް ނަސީމާމަންޒިލ،ް ރ. އަލިފުށި
6. ޢަބްދުالله ޙުސާމް ޝަރީފ،ް ދިގުވާނޑު، ސަވާ، ފުވައްމުލައް
7. ޢާއިޝަތު ސަޖްނ،ީ ތަރިވިދާގ،ެ ސ. ހިތަދޫ

ބީއެމްއެލް އިން ބުނީ ސަރުކާރުގެ ފަރާތުން ހުށަހަޅވާފައިވާ އަދި އާންމު ހިއްސާދާރުންގެ ފަރާތުން ކުރިމަތިލާފައިވާ ފަރާތްތައް ބޯޑުގެ
އެޕޮއިންޓްމަންޓް ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން ވަޒަންކުރުމަށް ފަހު ނަން ހުށަހަޅުއްވާފައިވާ ފަރާތްތަކަކީ މަގާމުތަކަށް އިންތިޚާބުކުރުމަށް ގާބިލު ބޭފުޅުން ކަމަށް ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ.