Last Updated: July 26, 10:14
Sunday, July 26, 2026
މުނިފޫހިފިލުވުން

ސާރާ އާއި ވިކީގެ ފިލްމުގެ ޕޯސްޓަރުތަކެއް

ސާރާ އަލީ ޚާނާއޮ ވިކީ ކޯޝަލްގެ ޖޯޑު އެކީގައި ސްކްރީނަށް ގެންނަ ފުރަތަމަ ފިލްމު "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" ގެ ޕޯސްޓަރުރަކެއް މިއަދު ދައްކާލައިފި އެވެ.

ފިލްމުގެ މޯޝަން އަދި ސްޓިލް ޕޯސްޓަރުތަކެއް ދައްކައުލުމަށް ފަހު، ފިލްމުގެ ރަސްމީ ޓްރެއިލާ މާދަމާ ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ.

އަންނަ މަހުގެ 2 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" އަކީ "މިމީ" އާއި "ލުކާ ޗުއްޕީ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ލަކްޝްމަން އުޓޭކަރް ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ.

މި ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ސާރާ އާއި ކާތިކް އާރިއަން ކުޅުނު 2020 ގެ "ލަވް އާޖް ކަލް" ގެނެސްދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްއިންނެވެ.

ސާރާގެ އެންމެ ފަހުގެ ފިލްމަކީ މާޗް މަހު ގެނެސްދިން މިސްޓްރީ ތުރިލާ "ގޭސްލައިޓް" އެވެ. ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ ވިކީގެ އެންމެ ފަގެ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ގެނެސްދިން ކޮމެޑީ ތުރިލާ "ގޯވިންދާ ނާމް މޭރާ" އެވެ.