Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ޝަހީމްގެ ކުންފުނިން ހުޅުމާލޭގައި ތަޢުލީމީ މަރުކަޒެއް ހަދަނީ

އާބަންކޯ އަދި އަލްމަދީނާ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެވުނު އެއްބަސްވުން / ފޮޓޯ: އާބަންކޯ

ހުޅުމާލެގައި ތަޢުލީމު ފޯރުކޮށްދޭ އިންސްޓިޓިއުޓެއް ޤާއިމް ކުރުމަށް ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އާބަންކޯއާއި އަލް-މަދީނާ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ފޭސް އެކެއްގައި ތަޢުލީމް ފޯރުކޮށްދޭ މަރުޒެއް ޤާއިމް ކުރާނެއެވެ. އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފްއެވެ. އަލް-މަދީނާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަލީ އަހްސަންއެވެ.

އަލް-މަދީނާ ޕްރައިވެޓް ލިމިޓެޑަކީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ދަށުން ޢިލްމް އިންސްޓިޓިއުޓުގެ ނަމުގައި އިސްލާމީ ތަމްރީނު ދޭ ތަނެއް ހިންގައެވެ. މީގެ އިތުރުން ކޮއްކޮމެންގެ ޕްރީ ސްކޫލުގައި ނަމުގައި ހިންގާ ސްކޫލަކީވެސް ކުންފުނީގެ ދަށުން ހިންގާ ތަނެކެވެ.

އާބަންކޯއާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން ޤާއިމް ކުރާ ތަޢުލީމު ދޭ މަރުކަޒާއި ގުޅޭ މާބޮޑު ތަފްސީލެއް މިހާތަނަށް ދެ ފަރާތުންވެސް ހާމަކޮށްފައި ނުވެއެވެ.