މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ހިޔާ ޓަވަރު ސަރަހައްދުގައި ބަސް ސްޓޮޕެއް ގާއިމުކޮށްފި އެވެ.
އެމްޓީސީސީން މިއަދު ބުނީ އެތަނުގައި ބަސް ސްޓޮޕެއް ގާއިމުކުރީ އެ ކުންފުނިން ފޯރުކޮށްދޭ އާރުޓީއެލް ބަހުގެ ހިދުމަތް އިތުރަށް ފުޅާކުރަން ކަމަށެވެ.
"މި ކުންފުނީގެ އާރުޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ R6, R7, R8 R9 ރޫޓުގެ ބަސްތައް މެދުވެރިކޮށް މާދަމާ އިން ފެށިގެން މި ބަސް ހުއްޓިއަށް ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައި،" އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ ބަހުގެ ހިދުމަތާ ބެހޭގޮތުން އިތުރަށް މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 1650 ގުޅުމަށް އެދޭ ކަމަށެވެ.