Last Updated: July 26, 10:14
Sunday, July 26, 2026
މުނިފޫހިފިލުވުން

ސަލްމާނާއި މަންމަގެ ލޯބި ފޮޓޯތަކެއް

އިއްޔެ ފާހަގަކުރި މި އަހަރުގެ މައިންގެ ދުވަހާ ގުޅުވައިގެން ބޮލީވުޑްގެ ތަރި ސަލްމާން ޚާން އޭނަގެ މަންމަ ސަލްމާ ޚާނާ އެކީ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ގިނަ ބައެއްގެ ސަމާލުމަން ލިބިއްޖެ އެވެ.

ސަލްމާން، 57، އަކީ އަބަދު ވެސް މަންމަ ސަލްމާ، 81، އާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ އަދި އާއިލާ ދެކެ ވަރަށް ލޯބިވާ މީހެކެވެ.

ސަލްމާނަކީ ކުރީގެ ސްކްރީން ރައިޓަރު ސަލީމް ޚާނާއި ސަލްމާގެ ދޮށީ ދަރިފުޅެވެ. އެ އެއާލާގައި ދެން ތިބެނީ އަރުބާޒް ޚާނާއި ސުހައިލް ޚާނާއި އަލްވިރާ ޚާންގެ އިތުރުން އަރްޕިތާ ޚާނެވެ.

އެކްޓަރު އާޔޫޝް ޝަރުމާއާ ކައިވެނިކޮށްގެން އުޅޭ އަރްޕިތާ އަކީ ސަލްމާންގެ ބައްޕަ ސަލީމާއި ކުރީގެ މަޝްހޫރު ބަތަލާ ހެލެން އެޑޮޕްޓްކުރި ކުއްޖެކެވެ. ސަލީމާއި ހެލެން ކައިވެނިކުރީ 1981 ގަ އެވެ. އަދި ހެލެން އަކީ ސަލްމާންގެ އާއިލާގެ އެންމެން ވެސް ވަރަށް ލޯބިވާ މީހެކެވެ.