މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 30 ގައި ބާއްވަން ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ ޖަލްސާ އޮންނާނީ އެރޭ 9:00 ގައި މެންހެޓަން ބިޒްނެސް ހޮޓެލްގައި ކަމަށެވެ.
އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންކަމުގެ ތެރޭގައި މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓް ފާސްކުރުމާއި މި އަހަރަށް ކުންފުންޏަށް އޮޑިޓަރުން އައްޔަންކޮށް އުޖޫރަ ކަނޑައެޅުމާއި ހިއްސާދާރުންނަށް ބަހާނެ ފައިދާއާ ގުޅޭ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމަށް ގޮތެއް ނިންމުމުގެ އިތުރަށް ހިއްސާދާރުން ހިޔާލު ފާޅުކުރުން ހިމެނެ އެވެ.
އެމްޓިޑީސީން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 24 ގެ މެންދުރު 12:00 އަށް ކުންފުނޫގެ ހޮއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށެވެ.