Last Updated: July 26, 10:14
Sunday, July 26, 2026
މުނިފޫހިފިލުވުން

ޝާހްރުކަށް ފަހު އެޓްލީ އަށް ވަރޫން

ޝާހްރުކް ޚާނާ އެކީ މި އަހަރު "ޖަވާން" ގެނެސްދޭން އުޅޭ ޑައިރެކްޓަރު އެޓްލީ، ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރޫން ދަވަނާ އެކީ ފިލްމެއް ހަދަން ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިިން ބުނި ގޮތުގައި ބޮޑު ބަޖެޓަކުން ހަދަން ނިންމާފައިވާ މި އެކްޝަން ތުރިލާގެ ޝޫޓިން އަންނަ ޖުލައި މަހުގެ ފަހުކޮޅު ނުވަތަ އޮގަސްޓް މަހުގެ ކުރީކޮޅު ފަށާނެ އެވެ. އެ ނޫހުން ބުނި ގޮތުގައި މި ފިލްމަކީ ޕްރޮޑިއުސަރު މުރާދު ކެތާނީއާ ގުޅިގެން އެޓްލީ ހަދަން ނިންމާފައިވާ އެއްޗެކެވެ.

ނަމަވެސް ރަސްމީކޮށް އަދި މިއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ނެތެވެ.

ޝާހްރުކްގެ "ޖަވާން" ކުރިން އަންނަ މަހުގެ 2 ގައި ރިލީޒްކުރާ ގޮތަށް އޮއްވައި، ފިލްމުގެ ވީއެފްއެކްސް އަށް އިތުރު ވަގުތު ނަގާތީ އެ ރިލީޒްކުރުން މިހާރު އޮތީ ސެޕްޓެމްބަރު 7 އަށް ފަސްކޮށްފަ އެވެ. އެޓްލީ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ތަމަޅަ އެކްޓަރު ވިޖޭގެ 2019 ގެ "ބިޖިލް" އެވެ.

ވަރުން މިހާރު އަންނަނީ އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީޒް "ސިޓަޑެލް" ގެ އިންޑިއާގެ ވާޝަންގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރު "ބީޅިޔާ" އާއި "ޖުގް ޖުގް ޖިއޯ" އިން ފެނިގެން ދިޔަ އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އޮކްޓޯބަރަށް ތާވަލުކޮށްފައި އޮތް "ބަވާލް" އެވެ.