Last Updated: June 20, 02:15
Saturday, June 20, 2026
ޚަބަރު

އެލްޖީއޭގެ ސީއީއޯ އަފްޝަން އިސްތިއުފާ ދޭން ނިންމައިފި

ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފު އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

މިކަމާ ގުޅިގެން އޭނަ ކައުންސިލްތަކަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ މަގާމުގައި ހުންނަވައިގެން މިހާތަނަށް ކުުރެއްވި މަސައްކަތްތަކުގައި ކައުންސިލްތަކުން ދިން އެއްބާރުލުމާ އެހީތެރިކަން ވެސް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ކައުންސިލްތަކަށް ކާމިޔާބީ އަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަފްޝަން އަކީ މިދިޔަ މާޗް މަހުގެ ތެރޭގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި ހުސައިން އަމްރުގެ އަނބިކަނބަލުންނެވެ. މި ދެ ބޭފުޅުންނަކީ ވެސް އެމްޑީޕީފެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްފެ ދިރުން" ފެކްޝަންގައި އުޅުއްވާ ދެ ބޭފުޅުންނެވެ.

އެލްޖީއޭގެ ސީއޯއަކަށް އަފްޝަން އައްޔަންކުރެއްވީ ޖޫން 9، 2020 ގަ އެވެ.