Last Updated: June 20, 02:15
Saturday, June 20, 2026
ޚަބަރު

އަފްޝަން އަކީ ވަރަށް ހިންގުންތެރި ބޭފުޅެއް: ނަޝީދު

އިސްތިއުފާ ދެއްވަން ނިންލެވި ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފަކީ ވަރަށް މަސައްކަތްތެރި ހީވާގީ ބޭފުޅެއް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 18 އިން ފެށިގެން އެލްޖީއޭގެ ސީއީއޯގެ މަގާމުން އޭނަ ވަކިވެވަޑައިގަންނަވަން މިއަދު ނިންމެވުމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރަށް ގެއްލިގެން އެ ދިޔައީ ވަރަށް ގާބިލު ބޭފުޅެއް ކަމަށެވެ.

"ގޮންޖެހުންތަކާއި ފިތުނަތަކުގެ ތެރެއިން ލާމަރުކަޒީ ނިޒާމު ކާމިޔާބު ކުރުމަށް ވަރަށް ހާއްސަ ޝުކުރެއް [އަދާކުރަން] ނަޝީދު ވިދާޅުވި އެވެ. "[އަދި] ކާމިޔާބު މުސްތަގުބަލަކަށް އެދެން."

ކުރިން އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ވެސް އަދާކުރެއްވި އަފްޝަން އެލްޖީއޭގެ ސީއީއޯގެ މަގާމަށް އައްޔަންކުރީ ޖޫން 9، 2020 ގަ އެވެ. އޭނަ އަކީ މާޗް މަހު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރ ހުސައިން އަމްރުގެ އަނބިކަނބަލުންނެވެ.

އެ ދެ ބޭފުޅުންނަކީ ވެސް ނަޝީދުގެ "ފިކުރެއްފެ ދިރުން" ފެކްޝަންގައި އުޅުއްވާ ދެ ބޭފުޅުންނެވެ.