ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން 40 މިލިއަން ޑޮލަރުގެ ފަންޑެއް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު ސައުދި އަރަބީއްޔާގެ ޖިއްދާގައި ކުރިއަށްދާ އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކުގެ އާންމު ބައްދަލުވުގެ ހަވާސާގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވަނީ މިވަގުތު އާންމު ބައްދަލުވުމުގައި ބައިވެރިވުމަށް ވަޑައިގެން އުޅުއްވާ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ. އައި.އެސް.ޑީބީ ގެ ފަރާތުން ސޮއިކުރެއްވީ އައިއެސްޑީބީ ރައީސް ޑރ. މުހައްމަދު ޖައްސާރުއެވެ.
އިސްލާމީ ޝަރީޢާގެ އުސޫލުތަކާއި އެއްގޮތަށް ޤާއިމް ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ މި ފަންޑް މެނޭޖް ކުރާނީ، އައިއެސްޑީބީ އާއި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ނުވަތަ އެސްއެމްއީ ބޭންކް، އަދި މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން، އެމްއެފްއެމްސީ ގުޅިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. ފަނޑު ހުޅުވުމަށް ބޭނުންވާ ފައިސާ ދޭނީ އައިއެސްޑީބީގެ ފަރާތުންނެވެ.
The President congratulated Maldives for the strong recovery from the pandemic and assured the Bank's support for the Maldives. @mfmc_mv @moedmv @faya_i 2/2 pic.twitter.com/c6Tlq50cx2
— Ministry of Finance (@MoFmv) May 15, 2023
އެއީ 40 މިލިއަން ޑޮލަރު ނުވަތަ 616 މިލިއަން ރުފިޔާ ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ. ފަނޑަށް ފުރަތަމަ އައިއެސްޑީބީން ޙަރަދު ކުރި ނަމަވެސް، ފަނޑު މެދުވެރިކޮށް އިންވެސްޓް ކޮށްގެން ލިބޭ ފައިދާއިން ފަނޑު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ވަނީ ރޭވިފައެވެ.
މި ފަންޑު މެދުވެރިކޮށް ކުރެވޭ ކޮންމެ ޙަރަދަކީވެސް، ތިމާވެއްޓާއި ގުޅޭ އަދި އިސްލާމީ ޝަރީޢާގެ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ އިންވެސްޓެމެންޓުތަކެއް ކަމުގައި ޔަޤީން ކުރުމަށް ހަރުދަނާ އުސޫލުތަކެއް ޤާޢިމް ކުރެވިފައިވާ ވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މިގޮތުން އިންވެސްޓް ކުރެވޭ ބައެއް ދައިރާތަކުގައި ތެރޭގައި ރަށްރަށުގައި ހަލާލް ޓުއަރިޒަމް ގެސްޓް ހައުސްތައް ޤާއިމް ކުރުމަށާއި، ބޮކި އުފައްދާ ފެކްޓަރީތަކާއި ވެއަރ ހައުސް ހިމެނެއެވެ. އަދި މީގެ އިތުރުން އެސްއެމްއީ ބޭންކް މެދުވެރިކޮށް އިތުރު ވިޔަފާރިތަކަށް ފަނޑު ކުރުމަށް ވެސް ފައިސާ ފަނޑު މެދުވެރިކޮށް ދޭނެއެވެ.
ދިވެހި ސަރުކާރުން ހާމަކުރާ ގޮތުގައި މިފަދަ ފަންޑެއް ޤާއިމް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ދިވެހި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އަދި މިވަގުތު ވިޔަފާރިތަކަށް ބޭނުން ވަސީލަތްތައް ޤާއިމްކޮށް، ވިޔަފާރިތަކަށް އަތޮޅުތަކުގައި ކުރިއެރުވުމަށް އެހީ ތެރިވެ ދިނުމެވެ. އަދި މިކަން ސަރުކާރުން 2019 އިން 2023 އަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައިވެސް ފާހަގަކޮށްފައިވާއިރު މިފަންޑުގެ ސަބަބުން ވިޔަފާރިތައް ކުރިއެރުވުމަށް އިތުރު ދޮރެއް ހުޅުވިގެން ދާނެ ކަމަށް ވަނީ ބުނެފައެވެ.
އައިއެސްޑީބީގެ އެސްއެމްއީ އިމްޕެކްޓް ފަންޑު ހުޅުވުމަށް ބޭނުންވާ މަސައްކަތް ފުރިހަމަކޮށް ކުރިއަށް އޮތް މަސްތަކުގައި ފަނޑު އިންވެސްޓްމެންޓަަށް ހުޅުވިގެން ދާނެ ކަމަށް ސަރުކާރުން ބުނެއެވެ.