މިދިޔަ އަހަރު ރިލީޒްކުރި ހޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމު "އެވަޓާ: ދަ ވޭ އޮފް ވޯޓާ" އަންނަ މަހުގެ 7 ގައި ޑިޒްނީ ޕްލަސް ހޮޓަސްޓާ އަށް ދޫކޮށްލަން ނިންމައިފި އެވެ.
މިއީ މި ފިލްމު ސިނަމާތަކުގައި ބަލާލަން ނުލިބު މީހުންނަށް ރަނުގެ ފުރުސަތަކަށް ވާނެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ"އެވަޓާ: ދަ ވޭ އޮފް ވޯޓާ" އަކީ ޑިސެމްބަރު މަހުގެ 16 ގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި ޖުމްލަ 2.32 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. މި ހެދީ 460 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
"އެވަޓާ: ދަ އޮފް ވޯޓާ" އަކީ "ޓައިޓޭނިކް" ވެސް ގެނެސްދިން ޑައިރެކްޓަރު ޖޭމްސް ކެމަރޮން 2009 ގައި ގެނެސްދިން "އެވަޓާ" ސީކްއެލް އެވެ. އެ ފިލްމަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދުމުގެ ރެކޯޑް އޮތް ފިލްމެވެ. ޖުމްލަ 237 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމުގެ އާމްދަނީ އަކީ 2.923 ބިލިއަން ޑޮލަރެވެ.
"އެވަޓާ" އިތުރު ތިން ފިލްމެއް އަދި ކުރިއަށް އެބައޮތެވެ. އެ ފިލްމު ގެނެސްދޭނީ 2024، 2026 އަދި 2028 ގަ އެވެ.