އައްޑޫ ސިޓީ ކައުންސިލުން ހުސްވެފައިވާ ފޭދޫ ދާއިރާގެ ގޮޑިއަށް މެމްބަރަކު އިންތިހާްބ ކުރުމަށް ބާއްވާ ބައި އިލެކްޝަނުގައި އެމްޑީޕީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.
މިއަދު ހަވީރު 4 ޖެހި އިރު ވޯޓުލުން ފެށިއިރު، ވޯޓު ފޮށި ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިރޭ 8 ޖެހުމާއި ހަމައަށެވެ.
މިފަހަރުގެ ޕްރައިމަރީގައި އެމްޑީޕީން 5 ކެންޑިޑޭޓަކު ވާދަ ކުރާއިރު ކުރިން ފޭދޫ ދާއިރާ ތަމްސީލު ކުރި އަހްމަދު މިރުޒާދު (މިރާ)ވެސް ވަނީ ޕްރެއިމަރީގައި ވާދަކޮށްފައެވެ.
ފޭދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ އަސްވާން މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް ނިޔާ ވުމާއި، ގުޅިގެން މިދާއިރާގެ ބައި އިލެކްޝަން އަންނަ މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކަމިޝަނުން ވަނީ ނިންމާފައެވެ.