އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ޕަބްލިކް ރިލޭޝަން (ޕީއާރް) އޮފިސަަރަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ ހޮސްޕިޓަލުން ބުނީ އެ މަގާމަށް ޝައުގުވެރިވާ މީހުންނަށް އެޕްލައިކުރުމުގެ ފުރުސަތު މި މަހުގެ މި މަހުގެ 22 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މަގާމުުގެ ޝަރުތަކުގެ ތެރޭގައ ޖާނަލިޒަމް/މާކެޓިން އަދި ޕީއާރް ދާއިރާ އިން މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލާސް ޑިގްރީއެއް ނުވަތަ ބެޗްލާސް އޮނާސް ޑިގްރީއެއް ޙާސިލްކޮށްފައިވުން ހިމެނެ އެވެ.
މަގާމުގެ މުސާރަ އަކީ މަހަކު 6،295ރ. އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 2،000ރ. ލިބޭނެ އެވެ. މީގެ އިތުރުން ޓެކްނިކަލް ކޯ-އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 28 ޕަސެންޓް ނުވަތަ ސަޕޯޓިން ކޯ-އެލަވަންސް 2 ގެ ގޮތުގައި މަހަކު 900ރ. ވެސް ލިބޭނެ އެވެ.
ޕީއާރްގެ އޮފިސަރުގެ މައިގަނޑު މަސްއޫލިއްތަޔަކީ ހޮސްޕިޓަލްގެ މޫނުމަތި ރީތިކުރުން ކަމަށްވާ އިރު، މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހޮސްޕިޓަލުން ރާވާއި ހިންގާ އިވެންޓްތައް ތަފާތު ޕްލެޓްފޯމްތަކާއި ޕްރޮމޯޓްކުރުމާއި ހޮސްޕިޓަލުގެ މަސައްކަތާއ ބެހޭ ގޮތުން މީޑިއާތަކުން ގެނެސްދޭ މައުލޫމާތުތަކާއި އެފަދަ މައުލޫމާތުތައް މޮނިޓަކޮށް އޭގެ ރެކޯޑުތައް ބެލެހެއްޓުމާއި އެފަދަ މައުލޫމާތުތަކާ ގުޅިގެން ހޮސްޕިޓަލް ޖަވާބުދާރީވާން ޖެހޭ ހާލަތްތަކުގައި އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ މަސައްކަތްތައ ހޮސްޕިޓަލްގެ މެނޭޖްމަންޓްގެ ދަށުން ކުރިއަށް ގެންދިއުން ހިމެނެ އެވެ.
އޭއީއެޗުން ބުނީ ޕީއާރް އޮފިސަރުގެ މަގާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރުން ކުރިއަށް ގެންދާނީ މި މަހުގެ 23 އިން އަންނަ މަހުގެ 10 އަށް ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 6885045 ނަމްބަރުން ހޯދޭނެ އެވެ.