މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކޮށްފި އެެވެ.
އޭނަ ޕާޓީއާ ގުޅި، ފޯމް ހަވާލުކޮށްފައި ވަނީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދިި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ އެވެ. ޔޫއްޕެ މީގެ ކުރިން ވެސް ޖޭޕީއާ އެކީ ސިޔާސީ މަސައްކަތްތަކެއްކޮށްފައިވެ އެވެ.
އޭނަ އެ ޕާޓީއާ ގުޅިފައި މި ވަނީ ޕާޓީ އަށް މި ފަހުން ސޮއިކުރާ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ރާއްޖޭގެ މަޝްހޫރު ގޯލްކީޕަރ ހަސަން ރަމީޒް (ޓިމޯ)، މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީއު އަދި ކުރީގެ ޗީފް ޕްރިޒަންސް އޮފިސަރ މުޙައްމަދު ތައުފީގް މިރޭ ޖޭޕީއަށް ސޮއިކޮށްފި. pic.twitter.com/bHUmHojklI
— ali solih (@alisolih) May 15, 2023
އެ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ އިރު، ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.
މީގެ ކުރިން ވެސް ޖޭޕީއާ ބައެއް ފިލްމީ ތަރިން ޖޭޕީއާ ގުޅިފައިވެ އެވެ. އޭގެ ތެރޭގައި ވަލީދާ ވަލީދާއި އަހުމަދު އަޒުމީލު (އަޒޭ) އާއި އަހުމަދު ސައީދާއި އޭނަގެ އަންހެނުން ބަތަލާ ފާތުމަތު އާޒިފާ (އަޒޫ) އަދި މަރިޔަމް ނިޝާ ހިމެނެ އެވެ. އެކަމަކު ނިޝާ އާއޮ ވަލީދާ ވަނީ ފަހުން އެ ޕާޓީން ވަކިވެފަ އެވެ.
ޖޭޕީ އަށް ސޮއިކުރިތާ މާ ގިނަ ދުުވަސްތަކެއް ނުވެ، އެ ޕާޓީން ވަކިވެ ނިޝާ އަކީ މިހާރު އެމްޑީޕީގެ މެމްބަރެކެވެ.