Last Updated: June 20, 02:15
Saturday, June 20, 2026
ޚަބަރު

އެމްއެންޔޫގެ "ފަހި ފުރުސަތު" މި މަހު

ރާއްޖޭން ލިބެން ހުރި ވަޒީފާގެ ފުރުސުތަކަކަށް ކުރިމަތިލާން މަގުފަހިކޮށް ދިނުމުގެ ގޮތުން ގައުމީ ޔުނިވަސިޓީން މި އަހަރު ބާއްވާ ޖޮސް ފެސްޓިވަލް މި މަހުގެ ފަހުކޮޅު ބާއްވަން ނިންމައިފި އެވެ.

"ފަހި ފުރުސަތު" ގެ ނަމުގައި ބާއްވާ މި ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ އެގްޒިބިޓަރުންނަށް ރަޖިސްޓްރީވާން މިރޭ 12:00 ހަމައަށް ޔުނިވަސިޓީން ވަނީ ހުޅުވާލައިފަ އެވެ.

މިދިޔަ އަހަރު ވެސް އެމްއެންޔޫ އިން ޖޮބް ފެސްޓިވަލް ބޭއްވި އެވެ. އަދި އެއަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. މި ފަހަރުގެ ފެސްޓިވަލް ބާއްވަން ނިންމާފައި ވަނީ މި މަހުގެ 27 އާއި 28 ގަ އެވެ. "ފަހި ފުރުސަތު" ޖޮބް ފެސްޓިވަލް ކުރިއަށް ދާނީ އެ ދުވަހު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.