ނިއު ޒީލެންޑްގެ ވެލިންޓަންގެ ހޮސްޓެލްއެއްގެ ރޭ ދަންވަރު އަލިފާން ރޯވެ ބަޔަކު މަރުވެ، އިތުރު ބަޔަކު ގެއްލިއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދަންވަރު 12:30 އެހާކަށްހާ އިރު ރޯވީ ހަތަރު ބުރީގެ ލޯފާސް ލޮޖް ހޮސްޓެލްގަ އެވެ. މި ހާދިސާގައި މިހާތަނަށް ހަ މީހަކު މަރުވެފައިވާ އިރު، އިތުރު ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.
ނިއު ޒީލެންޑް އިމަޖެންސީ ސާވިސް އިން ބުނީ ހޮސްޓެލް އިމާރާތުން މިހާތަނަށް ގިނަ ބަޔަކު ސަލާމަތްކޮށް ވެސް ކޮށްފައިވާ ކަމަށާއި އެކަމަކު މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ. ހޮސްޓެލްގައި ރޯވިކަމުގެ ރިޕޯ މޮޓް ލިބުމާ އެކީ އިމާރާތުން އަލިފާން ނިއްވުމުގެ މަސައްކަތް ފެށި އެވެ. ރޯވީ ހޮސްޓެލްގެ އެންމެ މަތީގަ އެވެ.
އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އެ ސަރަހައްދަށް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައިވާތީ އާންމުން މާސްކް އަޅަން އިލްތިމާސްކޮށްފައިވެ އެވެ. އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

މި ހާދިސާއާ ބެހޭ ގޮތުން ފަޔާ އެންޑް އިމަޖެންސީ ޑިސްޓްރިކްޓް ކޮމާންޑަރު ނިކް ޕިއަޓް ވިދާޅުވީ ނިއީ ވެލިންޓަންގައި މިހާތަނަށް ހިނގި "އެންމެ ނުރައްކާތެރި ހާދިސާ" ކަމަށެވެ.
ލޯފާސް ލޮޖް ހޮސްޓެލް އަކީ 92 ކޮޓަރީގެ ތަނެކެވެ. މި ތަނަކީ 2011 އިން ފެށިގެން ނިއު ޒީލެންޑްގެ ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ދަށުގައި އަދި ކުއްލި ހާލަތުގައި ބޭނުންކުރާނެ އެކޮމޭޝަނެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ތަނެކެވެ.