ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް މާލެ ވަޑައިގެންފިއެވެ.
ނައިބު ރައީސް ފައިސަލް މާލެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ނައިބު ރައީސް ފައިސަލްގެ މި ދަތުރުފުޅަކީ 6 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2023ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ނައިބުރައީސް ފައިސަލް ވަނީ ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ތަޤްރީރު ކުރައްވާފައެވެ. އަދި ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވާފައިވެއެވެ.
މީގެއިތުރުން ނައިބު ރައީސް ފައިސަލް ވަނީ ބަންގްލަދޭޝްގެ ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއްވެސް ކުރައްވާފައެވެ.