އެމްޑީޕީން ވަކިކުރަންވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު ގެންގުޅުއްވާ ނުރަސްމީ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2019 ގައި ރައީސް
ސޯލިހު އަންގަވައިގެން ދާއިރާ ރައީސުން ނިކުމެ އެމްޑީޕީގެ އަސްލު ކެންޑިޑޭޓުން ކަޓުވާލައި އެހެން މީސްމީހުން ރައްޔިތުންގެ މަޖިލީހަށް ހޮވި މައްސަލަ ބަލަން ޖެހޭ ކަމަށެވެ. އަދި އެ މައްސަލަ ނުބަލައި، ފިޔަވަޅު އަޅާ ކޮމެޓީން މިހާރު ބަލަމުންދާ މައްސަލަތައް ބެލުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
2019 gai RJ angavaigen Dhairaa Raeesun nukume MDP candidate katuvaalai ehen mees meehun Majlihah hovi massala nubalai Fiyavalhu alhaa committee in mihaaru ebalaa massala thah belumakee insafveri kameh noon. Party in vaki kuran jehenee Raees Solih.
— MN unofficial (@anedhivehirajje) May 16, 2023
"އެހެންވީމަ ޕާޓީން ވަކިކުރަން ޖެހެނީ ރައީސް ސޯލިހު" ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލީހާ ވާދަކުރައްވައި ބަލިވެވަޑައުގަތުމުން ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ފެކްޝަނެއް ހައްދަވައިގެން ރައީސާއި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. އެކަމަކު އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ނަޝީދު މި ގޮތަށް އަމަލު ކުރައްވާތީ ނަޝީދާއި އެ މަނިކުފާންގެ ފެކްޝަންގެ ބޭފުޅުން ޕާޓީން ވަކިކުރަން ރައީސަށް ތާއީދުކުރައްވާ މެމްބަރުން އަންނަނީ ތަކުރާރުކޮށް ގޮވައިލަމުންނެވެ.
ރައީސާ ދެކޮޅަށް ނުކުންނަވައި "ފިކުރެއްގެ ދިރުން" ފެކްޝަން މިހާރު ސިޔާސީ މަސައްކަތްތައް ކުރަނީ ޖުމްހޫރީ ޕާޓީއާ އެކީގަ އެވެ. އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ބޭފުޅެކެވެ.