Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

މަސްދޯންޏަކުން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީފި

ބިދޭސީ މީހާއަށް ލިބިފައިވާ ޒަހަމްތައް-

ކަންނެލި މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން މޫދަށް ވެއްޓުނު މީހަކަށް މިޔަރެއް ހިމަލާ ދީފިއެވެ.

މިޔަރެއް ހަމަލާދީފައިވަނީ ގދ. ތިނަދޫ ކަޅިރަވަ ދޯނިން މަހަށްދިޔަ ބަންގަލަދޭޝަށް ނިސްބަތްވާ ރައްޔިތަކަށެވެ. ބިދޭސީ މީހާއަށް މިޔަރު ހަމަލާދީފައިވަނީ މަސް އައިނެއްގައި މަސްބާނަން އުޅުމުގެ ތެރޭގައި އޭނާ މޫދަށް ވެއްޓުނު ވަގުތުކަމަށް މައުލޫމާތު ލިބެއެވެ.

މިޔަރު ހަމަލާދިނުމުން އެ ބިދޭސީ މީހާއަށް އެކިވަރުގެ ޒަހަމުތައް ލިބިފައިވެއެވެ. އެގޮތުން ވީޑިއޯތަކުން ފެންނަގޮތުން އޭނާގެ އަތް ވަރަށް ބޮޑަށް ޒަހަމު ވެފައިވާއިރު ފައިގެ އިނގިއްޔެއްވެސް ވަރަށް ބޮޑަށް ޒަހަމު ވެފައިވެއެވެ.

މިހާދިސާގައި އަނިޔާވި މީހާއަށް އަންނަނީ ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.