Last Updated: June 29, 02:43
Monday, June 29, 2026
ޚަބަރު

ގާޒާ ފަންޑަށް ފައިސާ ހޯދުމަށް އައްޑޫ ސްކޫލްތަކުން ތަފާތު ހަރަކާތްތަކެއް

ޢައްޒާގެ ހާލުގައި ޖެހިފައިވާ މުސްލިމް އަޙްނާއި އުހުތުންނަށް އެހީވުމުގެ ގޮތުން އައްޑޫގެ ސްކޫލްތަކުން ފައިސާ ހޯދުމަށް ތަފާތު ހަރަކާތްތަކެއް ހިންގަމުން އެބަގެންދެއެވެ.
10521839_334423983387061_1310206794294932165_n

އެގޮތުން އިއްޔެއިން ފެށިގެން ސްކޫލްތަކުންވަނީ އެކި ސަރަހައްދު ތަކުގައިފަންޑް ފޮށި ބަހައްޓާފައެވެ. ފޭދޫ ސްކޫލުން ފޭދޫ ސްކޫލް ސަރަހައްދުގައި ފަންޑް ފޮއްޓެއް ބަހައްޓާފައިވާ އިރު، ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދަރަސާގައިވެސް ވަނީ ފަންޑު ފޮއްޓެއް ބަހައްޓައި އާއްމުންނަށް ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.
10547484_773893445996106_8763017458520413762_n

ހިތަދޫ ހިރާ ސްކޫލާއި، އައްޑޫ ހައި ސްކޫލުންވެސް ވަނީ ފަންޑަށް ފައިސާ ހޯދުމަށް ތަފާތު ހަރަކާތްތަކެެއް ހިންގާފައެވެ. ހިރާ ސްކޫލުން އިއްޔެ ފަންޑު ފޮށި ބަހައްޓައިގެން ފައިސާ ޖަމާކޮށްފައިވާ އިރު މިއަދު އެސްކޫލްގެ 100 އެއްހާ ދަރިވަރުންވަނީ ހިތަދޫގެ ގޭގެއަށް ދޮރުން ދޮރަށް ހިނގައި ފައިސާ ޖަމާކޮށްފައެވެ.

10570487_773893249329459_1256651876908486987_n
ހިރާ ސްކޫލުން ވަނީ ސައުވީސް ހާސް ހަތަރު ސަތޭކަ ހަތްދިހަ ހަތް ރުފިޔާ ފަންސާސް ލާރި، ދިވެހި މީޑިއާއިން އިސްނަގައިގެން ކުރިއަށް ގެންދާ ހެލްޕް ގާޒާ ތެލެތޯން އަށް ޖަމާކޮށްދީފައެވެ.

ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ އާއި، ޕާލްސް ޖަމިއްޔާއިން ފަންޑު ފޮށި ބަހައްޓައިގެން ވަނީ ދެ ލައްކައަށް ވުރެ ގިނަ ފައިސާ ހޯދާ، ގާޒާ ފަންޑަށް ޖަމާކޮށްފައެވެ.
10599506_10152172639221269_7696167128266901023_n

ޢައްޒާގެ މުސްލިމް އަޙުނާއި އުޙުތުންނަށް އިޒްރޭލުގެ ޔަހޫދީން ދެމުންގެންދާ ހަމަލާ ކުށްވެރިކޮށް މަރަދޫ އަދި ހިތަދޫގައި ވަނީ ހިނގާލުމެއްވެސް ބާއްވާފައެވެ.