އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެކްޓަރު ކްރިސް ހެމްސްވޯތުގެ ފިލްމު "އެކްސްޓްރެކްޝަން 2" ގެ ޓްރެއިލާ އާންމުންނަށް ދޫކޮށްލައިފި އެވެ.
އަންނަ މަހުގެ 16 ގައި ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ފިލްމުގެ ޓްރެއިލާ އިއްޔެ ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމުގެ އިތުރަށް ފިލްމުގެ ޕޯސްޓަތުރުތަކެއް ވެސް ކްރިސް ހިއްސާކޮށްފައިވެ އެވެ. "އެކްސްޓްރެކްޝަން 2" އަކީ ނެޓްފްލިކްސް އިން 2020 ގައި ޕްރީމިއާކޮށް ބޮޑު ތަރުހީބެއް ލިބުނު "އެކްސްޓްރެކްޝަން' ގެ ދެވަނަ ބައެވެ.
އެ ފިލްމުވެފައި ވަނީ އެ ޕްލެޓްފޯމްފައި އެންމެ ގިނަ ބަޔަކު ބެލި އެއް ފިލްމަށެވެ.
"އެކްސްޓްރެކްޝަން 2" ގެނެސްދޭން ކުޑަތަންވަމުން އަންނަ އިރު، މި ފިލްމަކީ ސޭމް ހާގްރޭވް ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. މީގެ ޕްރޮޑިއުސަރުންނަކީ މިދިޔަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ސީރީޒް "ސިޑަޓެލް" އާއި 2019 ގެ "އެވެންޖާސް: އެންޑްގޭމް" ގެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ރުސޯ އެވެ.