ޖަލުތަކުގައި މަސައްކަތްކުރާނެ ޕްރިޒަން އޮފިސަރުން ހޯދަން ކަރެކްޝަނަލް ސާވިސް އިން އިއުލާންކޮށްފި އެވެ.
އެތަނުން ބުނީ އެ މަގާމުތަކަށް ޝައުގުވެރިވާ އުމުރުން 18-30 އަހަރާ ދެމެދުގެ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 31 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ޕްރިޒަން އޮފިޒަރުންގެ އަސާސީ ފެންވަރަކޯ ގްރޭޑް 10 ނިންމާފައިވުމެވެ.
ކަރެކްޝަން އިން ބުނީ ވަޒީފާތަކަށް ނަގާ މީހުން މަސައްކަތް ކުރާނީ މާފުށި ޖަލާއި މާލެ ޖަލާއި އައްސޭރި ޖަލުގެ އިތުރުން ހުޅުމާލެ ޖަލުގައި ކަމަށެވެ.
ޕްރިޒަން އޮފިސަރުންގެ އަަސާސީ މުސާރަ އަކީ މަހަކު 6،050ރ. އެވެ. މީގެ އިތުރުން ހުވާކުރުމަށް ފަހު ސާވިސް އެލަވަންސްގެ ގޮތުގައި 3،500ރ. އަދި ލިވިން އެލަވެންސްގެ ގޮތުގައި 2،500ރ. ލިބޭނެ އެވެ. އަދި ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ 45 އިންސައްތަ (2،722ރ.)، ޔުނިފޯމް އެލަވަންސްގެ ގޮތުގައި ވަޒީފާ އަށް ނިކުންނަށް ދުވަހުން ފެށިގެން ކޮންމެ މަހަކު 300ރ. ލިބޭނެ އެވެ.
ޖަލު އޮފިސަރުން ހޯދަން ކަރެކްޝަންސް އިން ހުޅުވާލި އިރު، މިދިޔަ އަހަރު ވެސް ގިނަ އަދަދެއްގެ އޮފިސަރުން ތަމްރީނުކޮށްފައިވެ އެވެ.