ޢައްޒާގެ ހާލުގައި ޖެހިފައިވާ މުސްލިމް އަހުންނާއި، އުޙްތުންނަށް އެހީވުމުގެ ގޮތުން ހިރާ ސްކޫލްގެ ދަރިވަރުން އިއްޔެ އާއި މިއަދު ހިންގި ހަރަކާތުން 75 ހާސް ރުފިޔާއަށް ވުރެ ގިނަ ފައިސާ ހޯދާފައިވާކަމަށް އެސްކޫލުން ބުނެފިއެވެ.
ހިރާ ސްކޫލްގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ، އެސްކޫލުން ފަންޑް ފޮށި ބަހައްޓައިގެން އިއްޔެ އާއި ހަމައަށް ސައުވީސް ހާސް ހަތަރު ސަތޭކަ ހަތްދިހަ ހަތް ރުފިޔާ ފަންސާސް ލާރި، ދިވެހި މީޑިއާއިން އިސްނަގައިގެން ކުރިއަށް ގެންދާ ހެލްޕް ގާޒާ ތެލެތޯން އަށް ޖަމާކޮށްދީފައެވެ.
އަދި މިއަދު އެސްކޫލްގެ 100 އެއްހާ ދަރިވަރުން، ހިތަދޫގެ ގޭގެއަށް ދޮރުން ދޮރަށް ހިނގައި ވަނީ 75 ހާހަށް ވުރެ ގިނަ ފައިސާ ހޯދާފައެވެ.
ހިރާ ސްކޫލުން ދޮރުން ދޮރަށް ހިނގައި ފައިސާ ހޯދާފައިވާ އިރު، އައްޑޫ ހައި ސްކޫލް، ފޭދޫ ސްކޫލް އަދި ހުޅުމީދޫގައި ހުންނަ އަތޮޅު މަދަރަސާގެ ދަރިވަރުން ވަނީ ފަންޑު ފޮށި ބަހައްޓައިގެން ގާޒާ ފަންޑަށް ފައިސާ ހޯދާފައެވެ.