އަލަށް އުފަންވެ ލ. ކައިދު އަށް ރަޖިސްޓްވެ، ރަށްވެހިވާ ކުދިންނަށް "ހަދިޔާ ވަށި" ދޭން ކައުންސިލުން ނިންމައި އެކަމާ ބެހޭ އުސޫލު ވެސް އާންމުކޮށްފި އެވެ.
ކައުންސިލްގެ މި ދައުރުގެ 15 ވަނަ ޖަލްސާ އިން ފާސްކޮށްފައިވާ މި އުސޫލަށް ކިޔަނީ "ހައްދުންމަތީ ކަލައިދޫ ރަށްވެހިންގެ ރަޖިސްޓްރީގައި އަލަށް އުފަންވެ ރަށްވެހިވާ ކޮންމެ ކުއްޖަކަށް ހަދިޔާ ވަށި ދިނުމުގެ އުސޫލު" އެވެ. މިހާރު އަމަލުކުރަން ފަށާފައިވާ އުސޫލުގެ ދަށުން މި އަހަރުގެ ޖެނުއަރީ 1 ގައި އުފަންވެ އަށް އުފަންވެ ކަލައިދު އަށް ރަޖިސްޓްރީކުރި ކުދިން އިސްތިސްނާ ނުވާ ގޮތަށް "ހަދިޔާ ވަށި" ދޭނެ ކަމަށް ކަލައިދޫ ކައުންސިލުން ބުންޏެވެ.
"ހަދިޔާ ވަށީ" ގައި ހިމަނާނީ 700-1،000ރ. އާ ދޭތެރޭ އަގުގެ އެންމެ ތުއްތު ކުދިންނަށް ބޭނުން ކުރެވޭ ޒާތުގެ ތަކެއްޗެވެ.
"ހަދިޔާ ވަށި" ލިބޭނީ އުފަންވާ ކުދީންގެ ތެރެއިން ރަށުގައި ރަޖިސްޓްރީކުރާ ކޮންމެ ކުއްޖަކަށެވެ. އަދި ރަށުގައި ވިހޭ ނަމަވެސް ރަށުގައި ރަޖިސްޓްރީ ނުކުރާ ނަމަ "ހަދިޔާ ވަށި" ނުލިބޭނެ އެވެ. އަދި އެހެން ރަށަކަށް ރަޖިސްޓްރީކޮށް އަލުން ރަށަށް ރަޖިސްޓްރީ ކުރާ ކުދީންގެ ތެރެއިން "ހަދިޔާ ވަށި" ލިބޭނީ އުމުރުން 1 އަހަރުން ދަށުގެ ކުދީންނަށެވެ.
އެގޮތުން "ހަދިޔާ ވަށި" ހަވާލު ކުރެވޭނީ ކުއްޖާގެ އުފަން ދުވަހުގެ ސެޓްފިކެޓާއި އަދި އުފަން ދުވަހުގެ ރަޖިސްޓްރީގެ ކޮޕީ ކައުންސިލަށް ހުށަހަޅައި ކުއްޖާ ރަށުގެ ރައްވެއްސެއްގެ ގޮތުގައި ރަށުގެ ގޭގެ މީހުންގެ ރަޖިސްޓްރީގައި ކުއްޖާ ހިމެނުމުންނެވެ.