Last Updated: April 18, 22:36
Thursday, April 18, 2024
ދުނިޔެ

ބަހެއް ފުރޮޅާލައި ކުދިންތަކެއް ޒަހަމްވެއްޖެ

އޮސްޓްރޭލިއާގެ ޕްރައިމަރީ ސްކޫލެއްގެ ދަރިވަރުންނާ އެކީ ދަތުރުކުރި ބަހެއް ފުރޮޅާލައި، ކުދިންތަކަކަށް ސީރިއަސް ގެއްލުންތަކެއް ލިބި ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ އިއްޔެ މެންދުރު ފަހު މެލްބަންގައި މި ހާދިސާ ހިނގީ ބަހުގެ ފަހަތުން ބާރު ސްޕީޑްފައި ދުއްވި ޓްރަކެއް ކޮންޓްރޯލް ނުވެ ބަހުގައ ޖެހިގެން ކަމަށެވެ. އެގޮތުން ބަސް ފުރޮޅާލައި ކުދިންތަކަށް އަނިޔާވީ އެވެ. މި ހާދިސާ ހިނގި އިރު ބަހުގެ 45 ކުދިން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 5-11 އަހަރާ ދެމެދުގެ ކުދިންނެވެ.

މި ކުދިންތަކުގެ ތެރެއިން ނުވަ ކުއްޖަކަށް ބޮޑެތި އަނިޔާތަކެއްވެފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. އަދި ހަތް ކުއްޖަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ. ބަހުގެ ޑްރައިވަރަށް ވެސް ހާދިސާގައި އެކި ވަރުގެ ޒަހަމްތައް ލިބުނެވެ.

މި ހާދިސާއާ ގުޅިގެން ޓްރަކް ދުއްވި ޑްރައިވަރު ހައްޔަރުކޮށް، އޭނަގެ އިހުމާލުން ކުދިންތަކެއް ފުރާނަ އަށް ގެއްލުންވެފައިވާތީ ދައުވާކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްޖޮށްފައިވާ ގޮތުގައި އެކްސްފޯޑް ޕްރައިމަރީ ސްކޫލްގެ ބަހުގައި ޓްރަކް ޖެހުނީ ކުދިން ގިވައުގެން ނައްޓާލިތާތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

މި ހާދިސާއާ ގުޅިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީ ކަންބޮޑުވުން ފާޅުކުރައްވައި އަނިޔާވި ކުދިންގެ އާއިލާތަކަށް ހަމްދަރުދީ ވިދާޅުވެފައިވެ އެވެ.