Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

އެމްޑީޕީ އަށް ވަންނަން ބޭނުންވާ މީހުން ގިނަވެއްޖެ

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ އަށް ވަންނަން ބޭނުންވާ މީހުން ކުރިއަށް ވުރެ ގިނަވެއްޖެ ކަމަށް އެ ޕާޓީ އަށް ނިސްބަތްވާ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީ އަށް ވަންނަން ބޭނުންވާ މީހުން ގިނަވާތީ، މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް އެމްޑީޕީން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

"އެމްޑީޕީ އަށް ވަންނަން ބޭނުންވާ މީހުން އިހުނަށް ވުރެ ގިނަ. އަވަހަށް މެމްބަޝިޕް ބޫސްޓެއް ޖައްސަން ޖެހޭ." ނިހާދު ވިދާޅުވި އެވެ.

އެމްޑީޕީ އަށް ވަންނަން ބޭނުންވާ މީހުން ގިނަވަމުން އަންނަ ކަމަށް ނިހާދު ވިދާޅުވި އިރު، ޕާޓީ ތެރޭގައި ބައިބައިވުން އުފެދި، ޕާޓީގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން މެދު ފިޔަވަޅު އެޅުމުގެ "ސިލްސިލާއެއް ވެސް މިހާރު އޮތީ" ފެށިފަ އެވެ. އެގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނިސްބަތްވާ މީހުން ޕާޓީން ވަކިކުރަން ރައީސް އިބްރާހީމް ސޯލިހަށް ތާއީދުކުރާ މެމްބަރުން އަންނަނީ ގޮވަމުންނެވެ.

ނަޝީދުފެ "ފިކުރެއްގެ ދިރުން" ފެކްޝަން އޮތީ ރައީސާއި ސަރުކާރާ ދެކޮޅަށެވެ. އެހެންވެ އެ ފެކްޝަނުގެ މެމްބަރުން ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސަށް ތާއީދު ނުކުރަން ނިންމައިފަ އެވެ.