Last Updated: July 26, 06:31
Sunday, July 26, 2026
މުނިފޫހިފިލުވުން

އެމެރިކާ ސަފީރު ޝާހްރުކްގެ ގެއަށް

އެމެރިކާ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެރިކް ގާސެޓީ، ބޮލީވުޑްގެ ތަރި ޝާހްރުކް ޚާނާ ބައްދަލުކުރައްވައިފި އެވެ.

މުމްބާއީގައި ހުންނަ ޝާހްރުކްގެ ލަގްޒަރީ ގެ، މަންނަތުގައި ބޭއްވި ބައްދަވުމުގެ ފޮޓޯތަކަކާ އެކީ ސަފީރު ޓްވިޓާގައި ވިދާޅުވީ މަންނަތުގައި ޝާހްރުކާ ބައްދަލުކޮށް ގިނަ ވާހަކަތަކެއް ދެކެވުނު ކަމަށެވެ. އެގޮތުން ބޮލީވުޑާ ބެހޭ ވަރަށް ގިނަ މައުލޫމާތު ލިބިވަޑައިގަތް ކަމަށާއި ހޮލީވުޑާއި ބޮލީވުޑަކީ މުޅި ދުނިޔެ އަށް އޭގެ ނުފޫޒު ވަރަށް ބޮޑަށް އޮތް ދެ އިންޑަސްޓްރީ ކަމަށް ވިދާޅުވި އެވެ.

ސަފީރުގެ ޓްވީޓްގައި މިއީ އޭނަ ވެސް ބޮލީވުޑަށް ނުކުންނަވަންވީ ވަގުތުތޯ ސަމާސާއަކަށް އައްސަވާފައިވެ އެވެ.

އިންޑިއާގައި ހުންނަވާ އެމެރިކާ ސަފީރު ޝާހްރުކާ ބައްދަލުކުރެއްވި އިރު، އޭނަ އަކީ އިންޑިއާގެ އެންމެ ނުފޫޒު ގަދަ އެއް ތަރި އެވެ. މަންނަތުގައި ޝާހްރުކާ އެކީ ބައްދަލުވުމުގައި އޭނަގެ އަންހެނުން ގޯރީ ޚާން ވެސް ބައިވެރިވި އެވެ. އަދި ޝާހްރުކްގެ އޮޓޯގްރާފާ އެކީ ބައެއް ތަކެތި ސަފީރަށް ހަދިޔާކުރި އެވެ.

އެރިކް އިންޑިއާގެ ސަފީރަކަށް އައްޔަންކުރެއްވީ މި މަހުގެ 11 ގަ އެވެ.