Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ހުޅުމާލޭގެ ވޯޓާ ސްޕޯޓްސް އަށް ޖާގަ އިތުރުކޮށްފި

ހުޅުމާލެ ބީޗް ސަރަހައްދުގައި ވޯޓާ ސްޕޯޓްސް އަށް ދޫކޮށްފައިވާ ތަނެއް / ފޯޓޯ: އާބަންކޯ

ހުޅުމާލެގައި ވޯޓާ ސްޕޯޓްސްއަށް ހާއްސަކޮށް ދޫކޮށްފައިވާ ޖާގަތަކަށް އިތުރު 20 ފޫޓު އިތުރު ކޮށްދީފައިވާ ކަމަށް އާބަންކޯއިން ހާމަކޮށްފިއެވެ.

މި ޖާގަތަށް އިތުރުކޮށްދީފައިވަނީ އެ ސަރަހައްދުގައި އާންމުންނަށް ދޭ ޙިދުމަތްތައްއިތުރުކުރުމުގެ މަޤްޞަދުގައި ކަމަށް އާބަންކޯއިން ބުނެއެވެ. މިގޮތުން ބީޝަށް ދާ ހުރިހާ އާންމުންނަށްވެސް ބޭނުން ކުރެވޭ ޕަބްލިކް ޓޮއިލެޓަކާއި، އައުޓް ޑޯ ޝަވަރ އެއް ޤާއިމް ކުރަން ޖެހެއެވެ. އަދި އެ ފަރާތްތަކަށް ދޫކޮށްފައިވާ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ސާފު ކުރުމާއި، މެއިންޓެނެންސް މަސައްކަތް ކުރުމަކީ ދޫކޮށްފަިއވާ ފަރާތްތަކުގެ ޒިންމާއެއް ކަމަށް އެކުންފުނިން ބުނެއެވެ.

ހުޅުމާލޭގައި ވޯޓާ ސްޕޯޓްސްއަށް ހާއްސަކޮށް 12 ސަރަހައްދެއް ވަނީ ދޫކޮށްފައެވެ. މި ސަރަހައްދުތަކުގައި އާންމުންނަށް ދޭ ޙިދުމަތް ފުޅާ ކުރުމުގެ ގޮތުން ޓޭކްއަވާ ދޫކުރުމުގެ ހުއްދަވެސް އެފަރާތްތަކަށް ވަނީ ދީފައެވެ. ނަމަވެސް އެ ސަރަހައްދުގައި ގޮނޑި މޭޒު ޖަހައި ކެފޭ ޙިދުމަތް ނުދެވޭނެއެވެ. މީގެ ބޭނުމަކީ ބީޗް ސަރަހައްދަށް ދާ ފަރާތްތަކަށް ސްނެކްސް އަދި ބޯ އެއްޗެހި ފަސޭހައިން ލިބޭ ގޮތް ހެދުމެވެ.

އާބަންކޯއިން ވިދާޅުވީ މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް، ހަފްތާ ބަންދާއި އެކި ޗުއްޓީތަކުގައި ހުޅުމާލެ އައިސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އުޅެމުން އަންނައިރު، ހުޅުމާލޭގެ ހުރިހާ ސަރަހައްދަކީވެސް މުޖުތަމައުގެ ގުޅުން ބަދަހިކޮށް، އާއިލާތަކާއި ރަހްމަތްތެރިންނަށް ވެސް ބޭނުންކުރެވޭނެ ފަދަ މާހައުލަކަށް ހެދުމަށް އާބަންކޯއިން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.