Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ހިއުމަން ޓްރެފިކިން ނެޓްވޯކެއްގެ ބަޔަކު ހައްޔަރު ކޮށްފި

ހިއުމަން ޓްރެފިކިންގ ނެޓްވޯކަކާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ފުޅާ ދާއިރާއެއްގައި ރާވައިގެން ހިންގާ ހިއުމަން ޓްރެފިކިންގ ނެޓްވޯކަކާ ދެކޮޅަށް އޮޕަރޭޝަނެއް ހިންގާފައިވަނީ މާލޭގައި ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް 13 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މީގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 8 ފިރިހެނުންނާއި ބަންގްލަދޭޝް އަންހެނެއް އަދި ތައިލެންޑް 4 އަންހެނުންނެވެ.

ފުލުހުން ބުނެފައިވަނީ މި އޮޕަރޭޝަނަކީ ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންގެންދާކަމަށް ފުލުހުން ބުނެފައިވެއެވެ.