Last Updated: July 26, 06:31
Sunday, July 26, 2026
މުނިފޫހިފިލުވުން

އެކްޓަރު އާޔޫޝްގެ ގެއިން ވައްކަންކޮށްފި

ބޮލީވުޑްގެ ތަރި ސަލްމާން ޚާންގެ ޅިޔަނު އަދި އެކްޓަރު އަޔޫޝް ޝަރުމާ އާއި އަންހެނުން އަރްޕިތާ ޚާންގެ ގެއިން ވައްކަންކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފި އެވެ.

މީޑިއާތަކުން ބުނީ އެ މީހުންގެ މުމްބާއީގެ ގެއިން ފަސް ލައްކަ ރުޕީސްގެ ގަހަނާ ވަގަށް ނަގާފައިވާ ކަމަށާއި އެ މައްސަލާގައި ގޭގެ މަސައްކަތު މީހަކު ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. ހޯމަ ދުވަހު ފަޅާއެރި ވައްކަމުގެ މައްސަލާގައި ހައްޔަކުރީ އާޔޫޝް އާއި އަރްޕިތާގެ ގޭގައި މަސައްކަތު މީހަކަށް އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ ސަންދީޕް ހެގްޅޭ، 30، އެވެ.

މި މައްސަލަ މުމްބާއީގެ ޚާރް ޕޮލިސް ސްޓޭޝަނުން މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ދެހާސް އަށާރައިގެ ފިލްމު "ލަވްޔާތުރީ" އިން ބޮލީވުޑަށް ނުކުތް އާޔޫޝް އާއި ސަލްމާންގެ ކޮއްކޮ އަރްޕިިތާ ކައިވެނިކުރީ 2014 ގަ އެވެ. އެ މީހުންގެ މިހާރު ދެ ދަރިން ވެސް އެބަތިއްބެވެ.

އާޔޫޝްގެ އެންމެ ފަހުގެ ފިލްމަކީ ސަލްމާނާ އެކީ ކުޅުނު 2021 ގެ "އަންތިމް: ދަ ފައިނަލް ޓުރުތު" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ "ރުސްލާން" އެވެ.