ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރާތީ އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ނަން އިއްވައިފިއެވެ.
މެންބަރު ރޮޒައިނާގެ ނަން އިއްވާފައިވަނީ މަޖިލީހުގެ ތަޅުމުގައި އެހެން މެންބަރަކު ވާހަކަ ދައްކަމުން ދަނިކޮށް މަޖިލީހުގައި އަޑުގަދަކުރުމުންނެވެ.
ރޮޒައިނާގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނިކުތުމަށް އެންގުމުން ވަނީ "ނުނިކުންނާނަން" ބުނެ މަޖިލީހުގައި އަޑުގަދަ ކޮށްފައެވެ. އަދި މަޖިލީހުގެ ތަޅުމުން މެންބަރު ރޮޒައިނާ ނުނިކުތުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަގުތުކޮޅަކަށް މަޖިލިސް މެދުކަނޑާލާފައެވެ.
މަޖިލީހުގައި އަޑުގަދަކުރުމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ނަންވެސް މިއަދު ވަނީ އިއްވާފައެވެ.