ރ. އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ އަމާރީ ރާޔާ މޯލްޑިވްސް މި އަހަރުގެ އޮގަސްޓް 1 ގައި ހުޅުވާ ގޮތަށް ނިންމައިފި އެވެ.
އެންމެ ޒަމާނީ ފެންވަރަށް އަދި ޓޫރިސްޓުންނަށް އެތައް ހިދުމަތްތަކެއް ލިބޭ ގޮތަށް ތަރައްގީކުރާ މި ރިސޯޓަކީ 187 ކޮޓަރީގެ ތަނެކެވެ. އަދި އަމާރީ ރާޔާ އަކީ ރާއްޖޭގައި ހުޅުވާ އަމާރީ ބްރޭންޑްގެ ދެވަނަ ރިސޯޓެވެ.
މި ރިސޯޓް އޮގަސްޓްގައި ހުޅުވަން ތައްޔާރީތައްވަމުން އަންނަ އިރު، އެތަނަށް ބޭނުންވާ މުވައްޒަފުން ހޯދަން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މާލޭގައި އޯޕަން ޑޭއެއް ވެސް ބާއްވާފައިވެ އެވެ.