Last Updated: June 29, 02:43
Monday, June 29, 2026
ޚަބަރު

އައްޑޫގައި އިތުރު ޕާކްތަކެއް ތަރައްޤީ ކުރަނީ

އައްޑޫގެ އެކި ރަށްތަކުގައި 6 ޕާކެއް ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށް ކައުންސިލުން ބުނެފިއެވެ.

އައްޑޫގެ ޑެޕިއުޓީ މޭޔަރ މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ޠޮއްޔިބް (ޓޮމް) ވިދާޅުވީ، މިހާރު ރަށްތަކުގެ ބޭނުން ކުރަމުންދާ ޕާކްތަކާއި، އެކު 6 ޕާކް ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމަށް ކައުންސިލުން ނިންމައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، މަރަދޫފޭދޫން ފޭދޫއާއި ވީ ކޮޅުގައި އިތުރު ޕާކެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

"ޕާކް ހެދުމަށް ނިންމައި، ޕާކް ތަކަށް ބޭނުންވާ ސާމާން ހޯދުމަށް މިހާރު ކައުންސިލުން ވަނީ އިއްލާންކޮށްފައި"

ޓޮމް ވިދާޅުވީ 150،000ރ ގެ ބަޖެޓެއް ކޮންމެ ޕާކަކަށްވެސް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ބައެއް ޕާކްތައް މިހާރު ހުރި ސާމާންގެ އިތުރުން ބައެއް ސާމާން ހިމެނުމަށް ނިންމާފައިވާ ކަމަށެވެ.