Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރަން ބަޔަކާ ހަވާލުކޮށްފި

ބ.ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިމަސައްކަތް ހަވާލު ކޮށްފައިވަނީ އެމް.ޓީ.ހޯގަރޑް ކުންފުންޏާއެވެ.

އެ ކުންފުންޏަށް މަސައްކަތް ހަވާލު ކޮށްފައިވަނީ 6 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް 15.6 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން ރަށުގެ ދެކުނު ފަރާތުގައި 548 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޤާއިމް ކުރުން އަދި ގޮނޑުދޮށް ޕްރޮފައިލްކޮށް ވެލިއެޅުމުގެ މަސައްކަތް ކުރެވޭނެއެވެ.

އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެފައިވަނީ މި މަޝްރޫގެ ދަށުން ކިހާދޫގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެ ކަމަށެވެ.