އެއްކޮލި ދެ އެޕާޓްމެންޓް ހުރި ގޮތަށް އިޔާދަ ނުކުރުމުން ދެ ހަފްތާ ތެރޭ އާބަންކޯއާއި ފްލެޓް އަނބުރާ ހަވާލު ކުރުމަށް އެކުންފުނިން އަންގައިފިއެވެ.
އާބަންކޯއިން މިމައްސަލާގައި ބުނެފައިވަނީ މި ދެ ފްލެޓްގެ ކަންކަން އެނގުނު ހިސާބުން ބަލައި ޖުރިމަނާކޮށް އިޔާދަ ކުރުމަށް އެންގުނު ކަމަށެވެ. ދެ ކޮޓަރީގެ ދެ ފްލެޓުގެ މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެޕާޓްމެންޓަކަށް ހިޔާގެ މި ދެ ފްލެޓް ވަނީ ބަދަލުކޮށްފައެވެ.
މިމައްސަލާގައި ކޮންމެ ފްލެޓްވެރިއެއް 100،000ރ. އިން ޖޫރިމައިނާކުރިއެވެ. މިފައިސާ ފަސް ދުވަހުގެ ތެރޭ ދައްކާ ފްލެޓް ހުރިގޮތަށް އިޔާދަ ކުރަން ދިނީ 10 ދުވަހެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ކޮށްފައި ނުވާތީ، ފްލެޓް 14 ދުވަހުގެ ތެރޭ އާބަންކޯއާއި އަނބުރާ ހަވާލު ކުރުމަށް ވަނީ އަންގާފައެވެ.
މިއީ ހައުސިން މަޝްރޫއެއްގައި ފްލެޓެއް ލިބިފަަވާ ފަރާތެއްގެ އަތުން މިފަހުން އެއްބަސްވުމާއި ޙިލާފްވެގެން ފްލެޓް އަތުލީ ފުރަތަމަ ފަހަރެވެ.
ހިޔާ ފްލެޓްތައް ފްލެޓްވެރިންނާއި ހަވާލުކޮށްފައިވަނީ އިމާރާތަށް ބަދަލު ނުގެނައުމަށް އެއްބަސްވެއެވެ.