Last Updated: May 13, 11:55
Tuesday, May 13, 2025
މުނިފޫހިފިލުވުން

އެކްޓަރު ރޮބިން ވިލިއަމްސް މަރުވެއްޖެ

ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު/ކޮމޭޑިއަން ރޮބިން ވިލިއަމްސް މަރުވެފައިވާ އޮއްވާ އިއްޔެ ފެނިއްޖެ އެވެ.

އުމުރުން 63 އަހަރުގައި އޭނާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ޑިޕްރެޝަންގައި އުޅުމަށް ފަހު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި އޭނާ މަރުވީ އަމިއްލަ ކަމަށްވެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ރޮބިން ވަނީ ކޮކެއިން އާއި ބަނގުރަލަށް ވަރަށް ބޮޑަށް ދެވިހިފައިފަ އެވެ.

ހޮލީވުޑްގައި 20 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ހަރަކާތްތެރިވެފައިވާ ރޮބިން ގިނަ ބަޔަކަށް ފާހަގަވެގެން ދިޔައީ 1978 ގައި އޭނާ ކުޅުނު ޓީވީ ސިލްސިލާ "މާކް އެންޑް މައިންޑީ" އިންނެވެ.

އޭގެ ފަހުން އޭނާ ވަނީ ހޮލީވުޑްގެ ވަރަށް ކާމިޔާބު ފިލްމްތަކެއް ކުޅެފަ އެވެ.

robin-williams-wallpaper