ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މި އަހަރުގެ ދުވުން ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ތިން އުމުރުފުރާއެއްގެ ޖުމްލަ 800 އަށް ވުރެ ގިނަ ކުދިން ރަޖިސްޓްރީކުރި މި ދުވުން ބޭއްވީ މިއަދު ހެނދުނު ހުޅުމާލޭގަ އެވެ. އެ އުމުރުފުރާތަކަކީ
މިދުވުމުގެ އުމުރުފުރާތަކަކީ 3 އަހަރާއި 5 އަހަރާ ދެމެދު (1 ކިލޯ މީޓަރު) ، 6 އަހަރާއި 8 އަހަރާ ދެމެދު (2 ކިލޯ މީޓަރު) އަދި 9 އަހަރާއި 11 އަހަރާ ދެމެދު (3 ކިލޯ މީޓަރު) އެވެ.
މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބީއެމްއެލް އިން ބާއްވާ ހާއްސަ ހަރަކާތެކެވެ.
ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފަ އެވެ. ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ލިބޭ ދުވުމެކެވެ.
މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން މި ދުވުން ބޭއްވި ހަވަނަ އަހަރެވެ.