Last Updated: July 26, 06:31
Sunday, July 26, 2026
މުނިފޫހިފިލުވުން

ޑިޝާ އާއި ރާހުލް އަށް ކުއްޖަކު ލިބެނީ

އިންޑިއާގެ ޓީވީ ބަތަލާ ޑިޝާ ޕަރްމަރާއި ފިރިމީހާ ރާހުލް ވައިދިއާ އަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފި އެވެ.

ޑިޝާ ބަލިވެއިން ވާހަކަ އިިންސްޓްގްރާމްގައި އިއްޔެ ހިއްސާކުރުމާ އެކީ ޓީވީ އިންޑަސްޓްރީގެ ވަރަށް ގިނަ ސެލެބްރިޓީންނާއި ފޭނުން ވެސް އަންނަނީ މަރުހަބާ ކިޔަމުންނެވެ. ސޮނީ ޓީވީގެ ސިލްސިލާ "ބަޅޭ އައްޗޭ ލަގުތޭ ހޭ" ސީޒަން ދޭކަކުން މިދިޔަ އަހަރު ވަކިވި ޑިޝާ، 29، އާއި "އިންޑިއަން އައިޑޮލް" ގެ ފުރަތަމަ ސީޒަނުން ވިދި ރާހުލް، 35، ކައިވެނިކުރީ 2021 ގަ އެވެ.

ޑިޝާ ބަލިވެއިކަން އިއުލާންކޮށްފައި ވަނީ އޭނައާ އެކީ "ބަޅޭ އައްޗޭ ލަގުތޭ ހޭ 2" ގެ ބަތަލުގެ ރޯލު ކުޅުނު ނަކުލް މެހެތާއާ އެކީ އާ ސިލްސިލާއަކަށް ތައްޔާރުވަމުން ދަނިކޮށެވެ.