Last Updated: June 20, 02:15
Saturday, June 20, 2026
ޚަބަރު

ބަހުގައި ބަނގުރާ އުފުލި ބަޔަކު ހައްޔަރުކޮށްފި

މާލޭގައި އެމްޓީސީސީގެ ބަހެއްގައި ރާ ފުޅިތަކެއް އުފުލި ބިދޭސީންތަކެއް ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފިި އެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ އިންޑިއާގެ ތިން މީހެކެވެ. އެއީ ތަންގާރުޖު، 35، އާއި ޗޯޓޭލާލް، 38، ގެ އިތުރުން ސިވަނަންދަން ޗިންނާ ތަންބީ، 30، އެވެ. މި ތިން މީހުންގެ އަތުން ޖުމްލަ 23 ފުޅި ރާ ފެނިފައިވެ އެވެ.

މި މައްސަލާގައި އެ މީހުން ބަންދަށް މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހެއްގެ 15 ދުވަސް އަނެއް މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވެ އެވެ. މި މީހުންގެ ތެރެއިން ދެ މީހުންނަކީ މޯލްޑިވް ގޭހުގައި މަސައްކަތްކުރާ ބައެކެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މާލެ ސަރަހައްދުގައި ބަނގުރަލުގެ މުއާމަލާތްތައް ކުރުން އާންމުވެފައިވާ އިރު، މިފަދަ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން ވެސް ގިނަ އެވެ.