Last Updated: July 25, 05:53
Saturday, July 25, 2026
ޚަބަރު

ނަޝީދު މިއަދު ދިއްދޫއަށް ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހއ. ދިއްދޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތު ދީފައިވާގޮތުގައި ރައީސް ނަޝީދު ދިއްދޫއަށް ކުރައްވާ ދަތުރުފުޅަކީ ތިލައުތުރު އެވޯޑު ދިނުމުގެ ހަފްލާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ނަޝީދު ދިއްދޫއަށް ވަޑައިގަންނަވާނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ރައީސް ނަޝީދު ދިއްދޫއަށް ވަޑިއިގަންނަވާކަން މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވަނީ އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމުންނެވެ. އެ ހަބަރު ދޮގުކޮށް މަޖިލީހުން ބުނެފައިވަނީ މަޖިލީހުގެ ރައީސް މިވަގުތު ހުންނެވީ މާލޭގައި ކަމަށާއި ސިންގަޕޫރަށް ފުރީ މަޖިލީހުގެ 6 ސީނިއަރ މުވައްޒަފުން ކަމަށެވެ.