Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް

ހިތަދޫގައި ހިނގި އެކްސިޑެންޓް / ފޮޓޯ؛ އައްޑޫލައިވް

އައްޑޫ ހިތަދޫ ލިންކް ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިންގައިފިއެވެ.

މިރޭ 8:00 ޖަހަން ކައިރިވެފައިވަނިކޮށް ހިނގި މި އެކްސިޑެންޓު ހިނގާފައިވަނީ ކާރަކާއި ސައިކަލަލެއް ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓު ހިނގީ ހިތަދޫ ހޮސްޕިޓަލާއި ދިމާ އިބްރާހިމް މިސްކިތް ކަންމަތިންނެވެ.

އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެފައިވާއިރު އޭނާއަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފުވެފައި ނުވިނަމަވެސް އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ އެކްސިޑެންޓު ވެގެން 32 އަހަރުގެ ފިރިހެނެއް ގެނެސްފައިވާ ކަމަށެވެ. މިވަގުތު އެކްސްރޭ ނަގައި ސީޓީ ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭއީއެޗް އިން ބުނެއެވެ.

މިއެކްސިޑެންޓުގައި ކާރުގެ ކުރި ވަރަށް ހަލާކުވެފައިވާއިރު ސައިކަލުވެސް ވަނީ ވަރަށް ބޮޑަށް ވަނީ ހަލާކުވެފައެވެ.