Last Updated: July 24, 18:15
Friday, July 24, 2026
ޚަބަރު

އެސްއެސްނެޓް ގުޅައި ދިނުން ހިލޭ

ދާދި ފަހުން ކޭބަލް ޓީވީގެ ހިދުމަތް ދޭން ފެށި އެސްއެސް ނެޓްގެ ހިދުމަތް ހިލޭ ގުޅައިފޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ވަކި މުއްދަތެއް ނެތް ގޮތަށް ކުރިއަށް ގެންދފާ މި ޕްރޮމޯޝަނުގައި ހިދުމަތް ހިލޭ ގުޅައިދޭ އިރު، ކަސްޓަމަރުން ޑިކޯޑަރަކަށް އަގު ދައްކަން ޖެހޭނެ އެވެ. އޭގެ އަގު ބަހާލައިގެން ދެއްކުމުގެ ފުރުސަތު ވެސް އޮތީ ހުޅުވާލައިފަ އެވެ.

އެސްއެސްނެޓްގެ ހިދުމަތް މިހާތަނަށް ގުޅައިދެމުން އައީ 1،000ރ. ނަގައިގެންނެވެ.

މި ހިދުމަތަކީ ކުރިން ދިރާގުން ދެމުން އައި ކޭބަލް ޓީވީގެ ހިދުމަތް އެ ކުންފުންޏަށް ދޫކޮށްލަން ޖެހުމާ ގުޅިގެން، މިހާރު ސަން ގްރޫޕް މެދުވެރިކޮށް ދޭން ފެށި ހިދުމަތެކެވެ. އެހެންވެ ކުރިން ދިރާގުގެ ކަސްޓަމަރެއް ނެތް ހަމަ އަލުން ހިދުމަތް ހޯދަން ގުޅައިދޭ އިރު، ކުރީގެ ޑިކޯޑަރު ބޭނުން ކުރެވޭނެ އެވެ.

އެސްއެސްނެޓްގައި ހިމެނެނީ ތިން ޕެކޭޖެކެވެ.

* ލުއިވި: 39 ޗެނަލާ އެކީ މަހަކު 150ރ.
* ނަލަވި: 108 ޗެނަލާ އެކީ މަހަކު 350ރ.
* އެކުވި: 120 ޗެނަލާ އެކީ މަހަކު 450ރ.

ޚިޔާރުކުރާ ކޮންމެ ޕެކޭޖަކާ އެކު "ސަން ސިނަމާ" ވެސް ލިބޭނެ އެވެ.

އެސްއެސްނެޓްގެ ކޯލް ސެންޓަރު 1633 އިން އިތުރު މައުލޫމާތު ލިބޭނެ އެވެ.