Last Updated: July 25, 05:53
Saturday, July 25, 2026
ޚަބަރު

އިދިކޮޅު 3 މެންބަރެއްގެ ނަން އިއްވައިފި

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގައި ހިމެނޭ ތިން މެންބަރެއްގެ ނަން އިއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލު ކުރުމަށް އެޖެންޑާ ކޮށްފައި އޮތްއިރު އިދިކޮޅު މެންބަރުން ވަނީ މިނިސްޓަރު އިމްރާނާ ދެކޮޅަށް އަޑުއުފުލާފައެވެ.

އެގޮތުން އިދިކޮޅު މެންބަރުން މިނިސްޓަރު އިމްރާނާ ދެކޮޅަށް އަޑުއުފުލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުހައްގުން ޖަލަށް ލާފައިވާކަމަށްބުނެއެވެ.

މިނިސްޓަރު އިމްރާން އިންނެވި މޭޒުކޮޅު ކައިރިއަށް އެއްވެ އަޑުގަދަކުރުމާ ގުޅިގެން ނަން އިއްވާފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، މާވަށު ދާއިރާގެ މެންބަރު މެންބަރު މުހައްމަދު ސައީދު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

އެ މެންބަރުންގެ ނަން އިއްވުމަށްފަހު ތަޅުން ދޫކޮށް ނުދިއުމުން މަޖިލިސް ވަނީ ކުޑަވަގުތުކޮޅަކަށް މެދުކަނޑާލާފައެވެ. އަދި އެ މެންބަރުން މަޖިލިސް ތަޅުން ދޫކޮށް ދިއުމުން ވަނީ މަޖިލީހުގެ ޖަލްސާ އަލުން ފަށާފައެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް ޔާމީން ކަމަށް އެ ޕާޓީން ބުނަމުން އަންނައިރު ރައީސް ޔާމީން ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްފައެވެ.