Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ފުލުހުންގެ ހައްޔަރުގައި ހުރި މީހަކު އަނެއްކާވެސް ފިލައިފި

ގއ. ދާންދޫ-

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި މީހަކު ފިލައިފައިވާތީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ދާންދޫ ޕޮލިސް ސްޓޭޝަނަށް ރޭ ހާޒިރުކޮށްފައި އިން މީހަކު 12:57 ހާއިރު ފިލާފައިވާ ކަމަށެވެ.

އެމީހާ ފިލާފައިވާތީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިފަހުން އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުއްޓާވެސް މީހަކު ވަނީ ފިލާފައެވެ. އޭނަ އަތުލައިގެންފައި ވަނީ ރަސްދުއާ ފަސްވަރަކަށް މިނިޓު ދުރުގައި އޮންނަ ކުރަމަތީ ރިސޯޓް ކައިރިންނެވެ.