Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ޓައިވާނަށް ސަފީރަކު އައްޔަންކުރަން ފޮނުވި ސިޓީ އިސްލާހުކޮށްފި

ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ޓައިވާނަށް ސަފީރަކު ކަނޑައަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅުގެ ކުށް އިސްލާހުކޮށް އަލުން މަޖިލީހަށް ފޮނުއްވައިފިއެވެ.

މިދިޔަ ހަފުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސޮއި ކުރައްވާ މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ "ރިޕަބްލިކް އޮފް ޗައިނާ" އަށް ރާއްޖެ އިން ސަފީރަކު އައްޔަނު ކުރުމަށް އެދިފައެވެ.

"ރިޕަބްލިކް އޮފް ޗައިނާ" އަށް ރާއްޖެ އިން ސަފީރަކު އައްޔަނު ކުރުމަށް އެދި ރައީސް ސޯލިހް ފޮނުއްވި ސިޓީފުޅު އިސްލާހު ކުރުމަށްފަހުު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ސަފީރަކު އައްޔަނު ކުރުމަށް ސިޓީ ފޮނުއްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ސިޓީފުޅު އިއްވާފައެވެ.

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އައްޔަނު ކުރުމަށް ހުށަހަޅާފައިވަނީ ހުދާ އަލީ ޝަރީފް، ހ.ފިލިގަސްދޮށުގެ އެވެ.

"ރިޕަބްލިކް އޮފް ޗައިނާ" އަށް ސަފީރަކު އައްޔަނު ކުރުމަށް ފޮނުވުނީ ލިޔުމުގެ ކުށަކުން ކަމަށް ސަރުކާރުން ބުނެފައިވާއިރު "ރިޕަބްލިކް އޮފް ޗައިނާ" އަކީ ޓައިވާނެވެ. މިމައްސަލައިގައި ސަރުކާރުން ވަނީ ޗައިނާގެ ކިބައިން މާފަށް އެދިއެވެ.