Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ހުޅުމާލެ އިން ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ

ހުޅުމާލެ އިން ކުޑަކުއްޖަކު ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ގެއްލިގެން ހޯދަނީ ޅ. ކުރެންދޫ ހުދުފަޅު، ޢަބްދުއްނާފިއު އިބްރާހިމް، 17، އެވެ.

އޭނަ ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ރޭގެ ވަގުތެއްގަ އެވެ. ނާފިއު ވީނުވީ ތަނެއް ނޭނގިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހައި ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، ހޯދުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން ނާފިޢު ފެނިފައެއް ނުވެ އެވެ.

އެހެންވެ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9310707 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކޮށްދޭން ފުލުހުން އެދިފައިވެ އެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުން ވާނުވާއެއް ނޭނގި މީހުން ގެއްލޭ މައްސަލަ ވަރަށް ބޮޑެވެ.