Last Updated: July 25, 05:53
Saturday, July 25, 2026
ޚަބަރު

ފުލުހުންގެ ބަންދުން ފިލި މީހާ ހޯދައިފި

ޕޮލިސް ސްޓޭޝަނުން ފިލި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ- ފޮޓޯ: މުހައްމަދު އާސިފް

ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުން ފިލި މީހާ ހޯދާ ހައްޔަރު ކޮށްފިއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ދާންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައި އިން މީހަކު ފިލާފައިވަނީ ރޭ 12:57 ހާއިރުއެވެ.

ފުލުހުން ބުނެފައިވަނީ އެމީހާ މިހާރު ހޯދާފައިވާ ކަމަށެވެ. އެމީހާއަކީ 49 އަހަރުގެ ދިވެހި ފިރިހެނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހޯދާފައިވަނީ އެރަށުގެ ހަރުގެއެއްގެ ތެރެއިންނެވެ.

މިފަހުން އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުއްޓާވެސް މީހަކު ވަނީ ފިލާފައެވެ.