Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

މެރުއާނާ ގަސް ހެއްދި އިތުރު މީހަކު ހައްޔަރުކޮށްފި

މާލޭގައި ގްރީންހައުސްގައި މެރުއާނާ ގަސްތަކެއް ހައްދަމުން އައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

މިފަދަ މައްސަލައެއްގައި އިއްޔެ މީހަކު ހައްޔަކުރީ މާލޭގެ ގެއެއްގައި މެރުއާނާ ގަސްތަކެއް ގެންގުޅުނު މައްސަލައެއްގައި މިދިޔަ ހަފުތާގައި ވެސް މީހަކު ހައްޔަރުކޮށްފައި ވަނިކޮށެވެ.

މެރުއާނާ އަކީ މަސްތުވުމަށް ބޭނުންކުރާ އަދި ރާއްޖެ އަށް އެތެރެކޮށް، ހެއްދުން ވެސް މަނާ އެއްޗެކެވެ.

ގަސްތަކެއް ހައްދަމުން އައި ގްރީންހައުސްއެއްގައި މެރުއާނާ ހައްދަމުން އައި މައްސަލާގައި ހައްޔަރުކޮށް ބަންދަށް މަސް މުއްދަތެއް ވެސް ކޯޓުން ދީފައި ވަނީ މުހައްމަދު ޝައްމޫން ކިޔާ 30 އަހަރުގެ މީހަކަށެވެ. އޭނަ ހައްޔަރުކޮށް ބަންދުކުރީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރި ވެސް ކުރާކަމުގެ ތުހުމަތުގަ އެވެ.

ޝަައްމޫންގެ ބަންދު އަމުރުގައިވާ ގޮތުން ފުލުހުން ވަނީ އޭނާ ބަންދުގައި ބެހެއްޓޭނެ ގިނަ ހެކިތަކެއް ވެސް ހުށަހަޅައިފަ އެވެ. އެގޮތުން އިންޓެލިޖެންސް ރިޕޯޓަކާއ ގުޅިގެން ޝައްމޫން މަސްތުވާތަކެތީގެ ވިޔަފާރި ކުރާތަން ބަލައި ފާސްކުރި އިރު، އެތަނުން މަސްތުވާތަކެތީގެ އިތުރުން، އެތަކެތީގެ ވިޔަފާރީގެ ބޭނުމަށް މިނެކިރައި ބަންދު ކުރުމަށް ބޭނުން ކުރާ ބައެއް އާލާތްތައް ފެނިފައިވާ ކަމަށާއި ތަނުގައި ހަދާފައިހުރި ގްރީންހައުސް އެއްގެ ތެރެއިން ހައްދާފައިވާ މެރުއާނާ ދެ ގަސް ފެނިފައިވާ ކަމަށް އަމުރުގައިވެ އެވެ.

އަދި ބަލައި ފާސްކުރި ތަނުން 76،100ރ. އާއި މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ ބައެއް ޕެކެޓްތަކުން ޝައްމޫންގެ އިނގިލީގެ ނިޝާން ވެސް ފެނިފައިވާ ކަމަށް އަމުރުވައިވެ އެވެ.